|
|
| |
|
|
|
|
މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 8 ވަނަ ބާބުގައި ކަނޑައަޅާފައިވާ އަދި ޖަދުވަލު 2 ގައި ބުނެފައިވާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް މަގުފަހިކުރުމުގެ ގޮތުން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމަށާއި ސަރަޙައްދީ ތަރައްޤީ ޙާޞިލްކުރުމަށް ހިންގޭ ޤައުމީ މަޝްރޫޢެކެވެ. ޤައުމީ މިމަޝްރޫޢު ހިންގޭނީ މިކަރުދާހުގައިވާ ގޮތުގެމަތިންނެވެ. މި ނިޒާމުގެ ދަށުން އިދާރީ ދާއިރާތައް ބިނާވެފައިވަނީ މައިސަރުކާރު، ޕްރޮވިންސް، އަދި ރަށް ހިމެނޭ ތިން ދަރަޖައެއްގެ މައްޗަށެވެ.
މައިސަރުކާރުގެ ދައުރުކުޑަވެ ޚާރިޖީއާއި ދިފާޢީ ކަންތައްތަކާއި އަދި ސިވިލްއޭވިއޭޝަން ފިޔަވައި ހުރިހާދާއިރާތަކެއްގެ މައިގަނޑު ސިޔާސަތު ހެދުމާއި ފަންނީ މައިގަނޑު ލަފާދިނުން ނޫން ހުރިހާކަމެއް ޕްރޮވިންސް ފެންވަރަށް ދޫކޮށްލެވޭނެއެވެ. ޔުނިޓަރީ ދައުލަތެއްގެ ގޮތުގައި ދިވެހި ރާއްޖެއޮވެ ޤާނޫނުއަސާސީއާ ޚިލާފްނުވާގޮތަށް ތަރައްޤީ ޙާޞިލްކުރުމަށްޓަކައި މިއިންތިޒާމްތަކުގެ ދަށުން ވީހާވެސް ގިނަބާރުތަކެއް ޕްރޮވިންސްތަކަށް ދެވޭނެއެވެ. ސަރަޙައްދީ މި ނިޒާމު ހިންގުމަށްޓަކައި މިހާރު ހަމަޖައްސާ ވަގުތީ އިންތިޒާމްގެ ދަށުން އަތޮޅުއޮފީހުގެ ދައުރުކުޑަވެ ޕްރޮވިންސް ހިންގުމުގެ ނިޒާމާއި ބާރު ބިނާވެފައިވާނީ ޕްރޮވިންސް އޮފީހާއި ރަށުއޮފީހުގެ މައްޗަށެވެ. ނަމަވެސް އަތޮޅުފެންވަރުގައި ހިންގާ ތަރައްޤީގެ ކަންތައްތައް ބަލައި ވަޒަންކުރުމުގެ ދައުރެއް އަތޮޅުއޮފީސްތަކަށް އޮންނާނެއެވެ. ޕްރޮވިންސް ފެންވަރުގައި އެންމެބޮޑު އަހައްމިއްޔަތެއް ދޭނީ ސަރުކާރުން ނިންމަންޖެހޭ ނިންމުންތައް ލާމަރުކަޒީ އުސޫލުން ނިންމުމާއި ޕްރޮވިންސްގައި ދިރިއުޅޭ މީހުން މާލެނައިސް އެމީހުން އެދިރިއުޅޭ ހިސާބަކުން ދިރިއުޅުމުގެ ގިނަ ބޭނުންތައް ފުއްދޭ ފެންވަރަށް އެޕްރޮވިންސްތައް ތަރައްޤީކޮށް ހިންގުމަށެވެ. އަތޮޅުއޮފީހުގެ ދައުރަކީ އެއޮފީހެއް ހިމެނޭ އަތޮޅެއްގެ އަތޮޅު ފެންވަރުގައި ހިންގޭ ތަރައްޤީގެ މަޝްރޫޢުތައް ބަލައި ވަޒަން ކުރުމާއި ރަށްރަށުގައި ޖަމާޢަތުގެ ފެންވަރުގައި ނިންމޭ މަޝްރޫޢުތަކާމެދު އެންމެފަހުގެ ނިންމުން ނިންމުމާއި ސަރުކާރުން ހަދާފައިވާ ޤަވާޢިދުތަކާ އެއްގޮތައް ރަށުއޮފީސްތައް ހިންގުމަށް ބާރުއެޅުމެވެ. ރަށު އޮފީހުގެ ދައުރަކީ ރަށުފެންވަރުގައި ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދީ ރަށުފެންވަރުގައި ހިންގަންޖެހޭ ޖަމާޢަތު ފެންވަރުގެ މަޝްރޫޢުތައް ރާވައި ހިންގުމާއި މުނިސިޕަލް ޚިދްމަތްތައް ދިނުމާއި ޕްރޮވިންސް ފެންވަރުގައި ހިންގޭ މަޝްރޫޢުތަކަށް ރައްޔިތުންގެ ޚިޔާލު ފޯރުކޮށްދިނުމެވެ. މި ވަގުތީ އިންތިޒާމުތައް ދެމިއޮންނާނީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމާބެހޭ ޤާނޫނު ފާސްވެ އެތެރޭގެ އިންތިޚާބުތައް ބާއްވާ ނިމެންދެންނެވެ. |
| |
ސަރުކާރުގެ އިދާރީކަންކަން ލާމަރުކަޒުކުރުމުގެ މަޤްސަދު |
- ރައްޔިތުން ބާރުވެރިކުރުން
- ރައްޔިތުން ބައިވެރިވުމާއި އެކު ދެމެހެއްޓެނިވި ތަރައްޤީ ޙާސިލްކުރުން
- ރައްޔިތުންގެ ތަރައްޤީގެ ކަންކަމުގައި ރައްޔިތުން ހޮވަފައިތިބޭ މަންދޫބުންގެ ދައިރު އިތުރުކުރުން
- ޤައުމީ ފެންވަރުގައި ދެމުންދިޔަ ޙިދުމަތްތައް، ރަށު ފެންވަރުގައާއު އަތޮޅުފެންވަރުގައި ރައްޔިތުންނާއި ވީހާވެސް ކައިރިން ފޯރުކޮށްދިނުން
- ރައްޔިތުންނާއު ވީހާވެސް ކައިރިއަށްސަރުކާރު ގެނައުން
- ސަރަޙައްދުގެ އެކި ފެންވަރުގައި ހަރުދަނާ ހިންގުމުގެ ނިޒާމެއް ޤާއިމުކޮށް މައިސަރުކާރާ ކޯޑިނޭޓްކުރެވިގެން ޤައުމީ ތަރައްޤީ ޙާސިލްކުރުން
|
| |
ސަރަޙައްދީ ނިޒާމު ޤާއިމު ކުރުމުގެ މަޤްސަދު |
- ޤައުމީ މުއްސަނދިކަމުގެ ފައިދާ ވީހާވެސް ހަމަހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން
- ތަރައްޤީގެ ދުވެލި އަވަސްކުރުން
- ޤައުމުގެ އެކިކަންކޮޅުތަކަށް ތަރައްޤީ ފަތުރާލުން
- ވަޒިފާއާއި ޢާމްދަނީ އަދި ދިރިއުޅުމުގެ އެހެނިހެން ބޭނުންތަކާއި ވަސީލަތްތައް އެބަޔަކު ދިރިއުޅޭ ސަރަހައްދަކުން ލިބޭނޭ ފުރުސަތު ފޯރުކޮށްދިނުން
- ޒަމާނީ ތަރައްޤީއާއި ޓެކްނޮލޮޖީ ޙާސިލްވެފައިވާ ތަރައްޤީގެ މަރުކަޒުތަކެއް ގައުމުގެ އެކިކަންކޮޅުގައި އުފެއްދުން
|
| |
|
ސިޔާސީ އިސްމަޤާމް |
ޖުމްލަ އާބާދީ |
ސަރަހައްދުގެ ނަން |
އިދާރީ ދާއިރާތައް |
|
1 ސްޓޭޓް މިނިސްޓަރ
4 ނާއިބު |
58,268 |
މަތި އުތުރު ޕްރޮވިންސް |
ހއ، ހދ، ށ |
1 |
1 ސްޓޭޓް މިނިސްޓަރ
4 ނާއިބު |
58,109 |
އުތުރު ޕްރޮވިންސް |
ނ،ރ،ބ،ޅ |
2 |
1 ސްޓޭޓް މިނިސްޓަރ
2 ނާއިބު |
28,149 |
މެދު އުތުރު ޕްރޮވިންސް |
ކ،އއ،އދ،ވ |
3 |
1 ސްޓޭޓް މިނިސްޓަރ
2 ނާއިބު |
18,642 |
މެދު ޕްރޮވިންސް |
މ،ފ،ދ |
4 |
1 ސްޓޭޓް މިނިސްޓަރ
2 ނާއިބު |
29,050 |
މެދު ދެކުނު ޕްރޮވިންސް |
ތ،ލ |
5 |
1 ސްޓޭޓް މިނިސްޓަރ
2 ނާއިބު |
31,547 |
މަތި ދެކުނު ޕްރޮވިންސް |
ގއ،ގދ |
6 |
1 ސްޓޭޓް މިނިސްޓަރ
3 ނާއިބު |
39,862 |
ދެކުނު ޕްރޮވިންސް |
ސ،ޏ |
7 |
|
| |