ފުރިހަމަ ޑިމޮކްރެސީއެއްގައި ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމަށްވާއިރު، ލޯކަލް ގަވަރމަންޓް ނިޒާމަކީ ވެރިކަމުގައި ރައްޔިތުންގެ ބައިވެރިވުން އެންމެ ބޮޑު އަދި ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލްކުރުމަށް އެންމެ ބޮޑަށް މަގުފަހިކޮށްދޭނެ ނިޒާމުކަމުގައި ސަރުކާރުން ދެކެމެވެ.
މިވެބްސައިޓްގެ މަޤްޞަދަކީ ލޯކަލް ގަވަރމަންޓް ނިޒާމް ޤާއިމް ކުރުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކާބެހޭ މަޢުލޫމާތާއި ޚަބަރުތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. ލޯކަލް ގަވަރމަންޓް ނިޒާމުގެ އެންމެ މުހިއްމު އެއް ބޭނުމަކީ، ރައްޔިތުންނަށް ސަރުކާރުންދޭ ޚިދުމަތްތައް ވީހާވެސް ގާތުން، އަވަސް ގޮތެއްގައި ފޯރުކޮށްދިނުމެވެ. މިގޮތުން އެ ސަރަޙައްދެއްގައި ހިންގުމަށް ހަމަޖެހިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ ހުރިހާ ބާރެއް ލިބިދެވޭނީ، އެސަރަޙައްދެއް ހިމެނޭ ޕްރޮވިންސް އޮފީހަށެވެ.
މި ވެބްސައިޓް މެދުވެރިކޮށް ލޯކަލް ގަވަރނަންސްއާއިބެހޭ ވަރަށް ގިނަ މަޢުލޫމާތު ލިބޭނެކަމަށް އަޅުގަނޑުމެން ޔަޤީންކުރަމެވެ. މިކަމުގައި ތިޔަބޭފުޅުންގެ ޚިޔާލުފުޅެއްވާނަމަ ނުވަތަ ސުވާލެއްވާނަމަ، މިވެބްސައިޓް މެދުވެރިކޮށް އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދެއްވުން އެދެމެވެ. |